Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ބިންހެލުމެއްގައި ނޭޕާލުން 128 މަރު

ރޭގެ ވަގުތެއްގައި ނޭޕާލަށް އައި ބިންހެލުމެއްގައި 128 މީހަކު މަރުވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ރޭ ދަންވަރު 12:00 ޖަހަން އުޅެނިކޮށް އައި މި ބިންހެންލުމަކީ ރިކްޓާ މިންގަނޑުން 6.4 ބާރުމިނުގައި އައި ބިންހެލުމެއް ކަމަށެވެ. މިއީ 2015 ގެ ފަހުން ނޭޕާލަށް އައި އެންމެ ވަރުގަދަ ބިންހެލުމެވެ. އެ ފަހަރުގެ ބިންހެލުމުގައި 9،000 އެއްހާ މީހުން މަރުވެ، އެ އެ ގައުމަށް 6 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ.

ރޭގެ ބިންހެލުމާ ގުޅިގެން މިހާތަނަށް 128 މީހަކު މަރުވެފައިވާކަން ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮސް ދީފައިވާ އިރު، މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ފުލުހުންގެ ތަރުޖަމާނު ކުބަރު ކަދާޔަތު ވިދާޅުވީ މަރުވި މީހުންގެ ތެރެއިން 92 މީހަކު މަރުޖީ ޖަޖާރްކޯޓުން ކަމަށާއި އަނެއް 36 މީހުން މަރުވީ އެތަނާ އިންވެގެން އޮންނަ ރުކުމް ވެސްޓް ޑިސްޓްރިކްޓުން ކަމަށެވެ. ބިންހެލުމާ ގުޅިގެން ޒަހަމްވި އެތައް ބަޔަކަށް ވެސް މިހާރު އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

މި ބިންހެލުމުގައި ގިނަ އިމާރާތްތަކެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ބިންހެލުން އައި ސަރަހައްދު ހާލަތު ބައްލަވަން ބޮޑުވަޒީރު ޕުޝްޕާ ކަމަލް މިއަދު ވަނީ 16 މެމްބަރުން ހިމެނޭ އަސްކަރީ މެޑިކަލް ޓީމާކާ އެކީ ވަޑައިގެންފަ އެވެ.