Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޝުޖާ ބާރަށު ދާއިރާ އަށް

އިބްރާހިމް ޝުޖާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ޝުޖާއު ހުންނެވީ ބާރަށު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 20 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ އަންނަ މަހުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށެވެ.