Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ރާއްޖޭގައި ބައޯޑީސަލް އުފައްދަން އެއްބަސްވުމެއް

ރާއްޖޭގައި ބައޯޑީސަލް އުދައްދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބުރާސްފަތި ދުވަހު މި އެއްބަސްވުމުގައި ސޮއިކުރީ ޔޫއޭއީގައި މިދިޔަ ހަފުތާގައި ބޭއްވި "ދުބާއީ ބިޒްނެސް ފޯރަމް" ގެ ތެރޭގަ އެވެ. އެއްބަސްވުން ހަދާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ކޯ އާއި ދުބާއީގެ ލޫތާ ބައޯފިއުލްސްއާ ދެމެދު އެވެ.

ރާއްޖޭގެ ނައިބު ރައީސް ވެސް ބައިިވެރިވެވަޑައިގެންނެވި އެ ރަސްމިއްކާތުގައި އެޓްމޮސްފިއާހެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އިސްމާއީލް ހިލްމީ އެވެ. ލޫތާގެ ފަރާތުން ސޮއިކުރެއްވީ ޔޫސުފް ބިން ސައީދު ލޫތާ އެވެ.

ދެ ކުންފުނީގެ މެދުގައި ހެދި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އާންމު ޑީސަލްގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ބަޔޯޑީސަލް ބޭނުންކޮށްގެން ރާއްޖޭގައި ޖައްވަށް ދޫކުރާ ކާބަންޑައޮކްސައިޑްގެ މިންވަރު ދަށްކުރުމެވެ. އެގޮތުން ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށްޓަކައި ލަގްޒަރީ ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ގޭބިސީތަކުގައި ބޭނުންކޮށްފައިވާ ކައްކާ ތެޔޮ އެއްކޮށް ރީސައިކަލްކުރަން މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެޓްމޮސްފިއާ އިން ބުނި ގޮތުގައި ލޫތާއާ އެކީ ހެދި އެއްބަސްވުމުގެ ސަބަބުން 2030 އާ ހަމައަށް އަންނަ އިރު، ރާއްޖެ ޒީރޯ އެމިޝަނަށް ކުރާ މަސައްކަތަށް ބޮޑު ބާރަކަށް ވާނެ އެވެ.

ދެހާސް ދިހައެއްގައި އުފަންވު ލޫތާ ބައޯފިއުލް އަކީ ދިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުފެއްދުންތަކަށް ހާއްސަ ކުންފުންޏެވެ، އެ ކުންފުނީގެ އަގު 15 މިލިއަން ޑޮލަރަށް އަރަ އެވެ.

ލޫތާ އިން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނަކާ އެކީ ބައޯފިއުލްސްއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.