މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ސަނީ ޑިއޯލްހެ ފިލްމު "ގަދަރު 2" މިރޭ ޒީ ސިނެމާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
މިއީ ޓީވީ ޗެނަލަކުން މި ފިލްމު ބަލާލަން ލިބޭ ފުރުސަތެވެ. އެގޮތުން ރާއްޖެ ގަޑިން މިރޭ 7:30 ގައި "ގަދަރު 2" ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
މި ފިލްމަކީ މި އަހަރު އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އޮގަސްޓް މަހުގެ 11 ގައި ރިލީޒްކުރި "ގަދަރު 2" އަށް ބޮކްސް އޮފީހުގައި ޖުމްލަ 690.54 ކްރޯޑް ރުޕީސް (83 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، ފިލްމު ހެދީ އެންމެ 60 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"ގަދަރު 2" އަކީ ސަނީ އާއި އަމީޝާ ޕަޓޭލްއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކަތާ" ގެ ސީކްއެލް އެވެ.