ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.
ފާއިތުވި ތިން އަހަރު ވެސް މި އެވޯޑު ހޯދާފައިވަނީ ރާއްޖެ އިންނެވެ. މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މި މަހުގެ 17 ގެ ނިޔަލަށް އޮންނާނެ އެވެ. ރާއްޖެ ވަނީ އިތުރު ހަ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ.
މީގެ 27 އަހަރު ކުރިން، 1993 ގައި ދޭން ފެށި ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.
މި އެ ވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެކެވެ.