އިންޑިއާގެ އެކްޓަރު ރަންދީޕް ހޫޑާ މި މަހު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ 47 އަހަރުގެ އެކްޓަރާއި ލޯބިވެރިޔާ ލިން ލައިޝްރާމް ކައިވެނި ކުރާނީ މި މަހުގެ ފަހުކޮޅު މުމްބާއީގައި ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ހަފުލާ ބާއްވާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާ އެކީގަ އެވެ.
ރަންދީޕްގެ ބައިވެރިޔާ އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ.
ރަންދީޕްގެ އެކްޓިން ކެރިއަރުގެ ފެށުމަކީ މީރާ ނައިރްގެ 2001 ގެ ކޮމެޑީ-ޑްރާމާ "މޮންސޫން ވެޑިން" އެވެ. އޭގެ ފަހުން އެތައް ފިލްމެއް ކުޅުނު ނަމަވެސް ލީޑް އެކްޓަރަކަށް ވުރެ ބޮޑަށް ރަންދީޕް ފާހަގަކުރެވިފައި ވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގަ އެވެ. އޭނަ ލީޑް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖިސްމު 2"، "މާޑާ 3"، "ހައިވޭ" އަދި "ރަންގް ރަސިއާ" ހިމެނެ އެވެ.
މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ އެކްޓަރުގެ އަލަތު ޑައިރެކްޝަނަކީ މަސައްކަތް މިހާރު ކުރިއަށްދާ ބައޮގްރަފިކަލް ޑްރާމާ "ވީރު ސަވަަރްކަރް" އެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ 2020 ގެ ފިލްމު "އެކްސްޓްރެކްސް" ގެ ރޯލެއް ވެސް ރަންދީޕް ކުޅެފައިވެ އެވެ.