ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ކޯޓުން ބުނީ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް މި މަހުގެ 12 އާ ހަމައަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންނަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.
ފަނޑިޔާރުގެ އަސާސީ މުސާރަ އަކީ 36،000ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 15000.00ރ. އާއި
ރިސްކް އެލަވަންސަށް މަހަކު 3300.00ރ. ގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ލިބޭނެ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މި ވަނީ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް މި މަހުގެ 1 ގައި ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ.