Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

މަރަދޫފޭދޫ ޕާކްގެ މަސައްކަތް އިދްރީސް އަށް

މަރަދޫފޭދޫ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އިދްރީސް ކާޕެންޓްރީ އާ މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރަން ކައުންސިލް އިދާރާގައި އޮތް ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އިދްރީސް ކާޕެންޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ވެރިޔާ އިދްރީސް އެވެ.

huhk (2)

މި އެއްބަސްވުމުގެ ދަށުން ޕާކްގެ ވަށާ ފާރު ރާނައި އެތަނުގައި ފެންސް ޖަހަން އެވެ. އަދި މި މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.