Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

ރާޖަމޯލީގެ އާ ފިލްމުގެ ޝޫޓިން އެޕްރީލްގައި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އާރްއާރްއާރް" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލު ކުޅޭ މި އެފްރިކަން ޖަންގަލް އެޑްވެންޗަ ފިލްމަކީ ރާޖަމޯލީ އާއި އޭނަގެ ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖެޔަންދުރަ ޕްރަސާދުގެ ސްކްރީންޕްލެއަކަށް ހަދާ އެއްޗެކެވެ. މި ދެބަފައިންނަކީ "އާރްއާރްއާރް" ގެ އިތުރުން "ބާހްބަލީ" ގެ ދެ ފިލްމާއި ރަޖަމޯލީ ޑައިރެކްޓްކުރި ބައެއް އެހެން ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ދެ މީހުންނެވެ.

ޕިންކްވިލާ އިން ބުނީ މިހާރު ކުރިއަށް ދަނީ އާ ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ކަމަށާއި އަންނަ މަހުގެ ތެރޭގައި ސްކްރިޕްޓް އެއްކޮށް ފައިނަލްކުރާނެ ކަމަށެވެ. ނަން އަދި ހާމަނުކުރާ މި ބޮޑު ބަޖެޓް ފިލްމުގެ ތައްޔާރީތައް ކުރިއަށްދާ އިރު، ހޮލީވުޑްގެ ބޮޑު ދެ ސްޓޫޑިއޯއަކާ އެކީ ޕާޓްނަޝިޕް ހަދަން ރާޖަމޯލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުންނެވެ.

އެގޮތުން އަމާޒަކީ ޑިޒްނީ ސޮނީ ޕިކްޗާސްއާ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ރާޖަމޯލީ އަކީ ވަރުގަދަ ޕްލޮޓްތަކާ އެކީ، ވަރަށް ގްރޭންޑްކޮށް ފިލްމު ހަދާ، ވަރަށް ތަނަވަސް ތަސައްވުރެއް ގެންގުޅޭ ޑައިރެކްޓަރެކެވެ. އެހެންވެ މި ތެލެގޫ ޑައިރެކްޓަރުގެ ފިލްމުތަކަށް އަބަދު ވެސް އިންޑިއާގެ އޯޑިއަންސް މަރުދެ އެވެ.

ރާޖަމޯލީގެ މިދިޔަ އަހަރުގެ "އާރްއާރްއާރް" އަކީ މި އަހަރުގެ އޮސްކާގައި އެންމެ މޮޅު އޮރިޖަނަލް ލަވައިގެ އެވޯޑް ވެސް ހޯދި ފިލްމެކެވެ.