Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ޖިހާދަށް ދިޔަ ދިވެހިންތަކެއްގެ މައްސަލަ ބަލަނީ

އިޒްރޭލުން މިހާރު ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިސްލާމް ދީނުގެ ދިފާއުގައި އެ ސަރަހައްދަށް ޖިހާދަށް ދިިތަ ދިވެހިންތަކެއްގެ ދިޔަ ކަމަށް ބުނާ މައްސަލައެއް ނެޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބަލަން ފަށައިފި އެވެ.

އެތަނުން މިފަދަ މައްސަލައެެއް ބަލަން ފެށީ އަހުމަދު ފިރާޒް ކިޔާ މީހެއްގެ ފޭސްބުކް އެކައުންޓަކުން ތިން ދިވެއްސަކު ޖިހާދަށް ފަލަސްތީނަށް ދަތުރުކުރާ ބުނެ ކަމަށް އާންމުކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި ތިން ދިވެއްސަކު ވަނީ ފަލަސްތީނަށް ދިއުމަށްޓަކައި އުރުދުން އަށް އެތެރެވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެންސީޓީސީން ބުނެފައި ވަނީ މިހާރު އެ އިދާރާގެ ސަމާލު ކަމަށް އެކަން އައުމާ ގުޅިގެން އެކަން މިހާރު ބަލަމުން ކަމަށެވެ. އެގޮތުން ފޭސްބުކް ޕޯސްޓްގެ އައިޑީ ވެރިފައިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖެ އިން މީގެ ކުރިން ވެސް މެދުއިރުމައްޗަށް އިސްލާމް ދީނުގެ ދިފާއުގައި ބަޔަކު ޖިހާދަށް ގޮސްފައިވެ އެވެ. އަދި އެފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުން ސީރިއާ ފަދަ ގައުމުތަކުގައި މަރުވެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ހަމަލަތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމަތަކާ ގުޅިގެން މިހާރު އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމަކީ ރާއްޖެ އެވެ. އެގޮތުން އިޒްރޭލުގެ ޔަހޫދިން ރާއްޖެ އައުން މަނާކުރުން ހުއްޓުވަން ޕެޓިޝަންތަކެއްގައި އަންނަނީ ސޮއި ވެސް ކުރަމުންނެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 10،000 އާ ގާތްކުރެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.