Last Updated: July 23, 18:20
Friday, July 24, 2026
މުނިފޫހިފިލުވުން

ނޭހާ އާއިލާ ގޮވައިގެން ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަން ސަން ސިޔާމު އިރުފުށި ރިސޯޓްގަ އެވެ.

އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ނޭހާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. މި ދަތުރުގައި ނޭހާއާ އެކީ ބައިވެރިވާ މީހުންގެ ތެރޭގައި ފިރިމީހާ ރޯހަންޕްރީތު ސިންގް އާއި މަންމަ އާއި ބައްޕަގެ އިތުރުން ވެސް އާއިލާގެ އިތުރު ބަޔަކު ހިމެނެ އެވެ.

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" އާއި ޒީ ޓީވީގެ "ސާރޭގާމާޕާ" ފަދަ ލަވަ ޝޯތަކުގެ ޖަޖްކަން ވެސްކޮށްފައިވާ ނޭހާ މީގެ ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

އޭނަ އަކީ މި ވަގުތު ބޮލީވުޑްގެ އެންމެ މަގުބޫލު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. ނޭހާގެ ބޭބެ ޓޯނީ ކައްކަރާއި ދައްތަ ސޯނޫ ކައްރަކީ ވެސް މިއުޒިކީ ފަންނާނުންނެވެ. ނޭހާގެ ފިރިމީހާ ރޯހަންޕްރީތަކީ ވެސް މިއުޒިކީ ފަންނާމެކެވެ. އެ ދެ މީހުން 2021 ގައި ކައިވެނިކުރި ފަހުން އެކީގައި ކިޔާފައިވާ ލަވަތަކެއް ވީޑިއޯއާ އެކީ ވެސް ނެރެފައިވެ އެވެ.