Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އާދަމް ޝަރީފުގެ އަންހެނުން މަޖިލީހަށް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާން އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން އޭނަ ވާދަކުރައްވަން ނިންމަވާފައި ވަނީ އުފަން ސިޓީ ސިޓީ ކަމަށްވާ ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. މިކަން ރަސްމީކޮށް ސޯޝަލް މީޑިއާގައި އިއުލާންކުރައްވައި ޒީނާޒު ވިދާޅުވީ އޭނަ މަޖިލީހަށް ވާދަކުރައްވަން ނިންމެވީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑުއިއްވައި އަންހެނުން ބާރުވެރިކޮށް، ޒުވާނުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައި ދެއްވަން ކަމަށެވެ. އަދި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ދާއިރާ އާއި ޖުމްލަކޮށް މުޅި ފުވައްމުލަކުގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ތައުމީލީ ދާއިރާގައި ވެސް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޒީނާޒަކީ ކުޑަކުދިންގެ ހިޔާގެ ކުރީގެ ސީއީއޯ އެވެ.

އޭނަގެ ފިރިކަލުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ.