ގައުމުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިކަމުގެ ވާހަކައާ އެކީ ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތާޔޭ ކެބިނެޓް ބައްދަލުވުމެއްގައި ކީރިތި ކުރައްވައިފި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވަރަށް ގިނަ މީޑިއާތަކުން ވެސް ގެނެސް ދީފައިވެ އެވެ. އެ ވީޑިއޯގައި ފެންނަނީ ކެބިނެޓް ބައްދަލުވުމުގައި ގައުމުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބޮޑުވަޒީރަށް ކީރިތި ކުރެއްވި ވާހަކަ ކުރިއަށް ނުގެންދެވި ފެންކަޅިވެވަޑައިގަންނަވާ މަންޒަރެވެ.
ކެބިނެޓްގެ އިއްޔެގެ މި ބައްދަލުވުމުގައި އިޒްރޭލުގެ ހަމަލާތަކެއްގައި ޝިކާރަކައަށްވި މަޔަކާއި އޭނަގެ ތިން ދަރިން ޖަޒުބާތީ ވާހަކަތަކެއް ބޮޑުވަޒީރު ހިއްސާކުރައްވާ ތަން ވީޑިއޯ އިން ފެންނެ އެވެ. ވީޑިއޯގައި އިޒްރޭލަކީ ވަރަށް ގޮތްކުޑަ، ލަދެއް ހަޔާތެއް ނެތް ބައެއް ކަމަށް ބޮޑުވަޒީރު ވިދާޅުވެ އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 10،000 އަށް އަރަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޝަހީދުވި ކުޑަކުދިންގެ އަދަދު 5،000 އާ ގާތްކޮށްފައިވާ އިރު، ގާޒާ މުޅި މިހާރު ސިފަކުރެވެނީ ގަބުރުސްތާނެއްގެ ގޮތުގަ އެވެ.
ފަލަސްތީނުގެ ނަސްލު ނައްތައިލަން އިޒްރޭލުން މިހާރު އަމާޒު ހިފާފައިވާ އިރު، އެންމެ ހިތްދަތި މަންޒަކީ ކުށެއް ނެތް މައުސޫމްގެ ތުއްތު ކުދިންގެ ފުރާނަ ނެތް ހަށިތަކުން ފަލަސްތީނު މިހާރު ފުރެމުން ދިއުމެވެ. ނަމަވެސް އެންމެ ބޮޑު ހިތާމަ އަކީ އިޒްރޭލުގެ މި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހުއްޓުވައި ދޭން ދުނިޔެ ނުކުޅެދީފައިވާ ކަމެވެ.