Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ހުކުރު ދުވަހު "ފަލަސްތީނަށްޓަކައި"

ފަލަސްތީނަށް އެހީވާން ފަންޑް އެއްކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު މާލޭގައި "ފަލަސްތީނަށްޓަކައި" ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިިފި އެވެ.

މި އިވެންޓް އިންތިޒާމު ކުރަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ރާއްޖެ ގޮތްޕާއި މާސީ ޖަމިއްޔާ ގުޅިގެންނެވެ. އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ރަސްފަންނުގަ އެވެ.

މި އިވެންޓްގައި ތަފާތު ކަންކަން ހިމެނޭނެ އެވެ. އޭގެ ތެރޭގައި ފުޑް ސްޓޯލްތަކާއި ކުޑަކުދިންގެ ގޭމްތަކާއި ކުއިޒްތަކާއި ޖަމްބްލް ސޭލާއި ޓްރެޝާ ހަންޓާ އާއި މިއުޒިމާއި ފޮޓޯ ބޫތު ފަދަ އެތައް ކަމެއް އެކުލެވޭނެ އެވެ.

ފަލަސްތީނަށް އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ތަފާތު އެކި ހަރަކާތްތައް ބާއްވައި، ފައިސާ އެއްކުރަމުންނެވެ. އެގޮތުން މިހާތަނަށް އެކި ފަރާތްތަކުންނާ އައިއޭސީ އަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އެތަނުން ބުނެފައިވާ ގޮތުގައި ލިބުނު އެހީގެ އަދަދު މިހާރު 28 މިލިއަނަށް ވުރެ ގިނަ އެވެ.