ޑައިރެކްޓަރު ފަރާ ޚާނަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޝާހްރުކް ޚާނާ އެކީ ގެނެސްދިން "އޯމް ޝާންތީ އޯމް" އާއި "މޭ ހޫ ނާ" އެވެ.
ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޝާހްރުކްގެ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ. އޭނަ 2019 ގައި ޑައިރެކްޓަރު/ޕްރޮޑިއުސަރު ރޯހިތު ޝެޓީގެ ޕްރޮޑަކްޝަން ހައުސް އަށް ފިލްމެއް ހަދަން ސޮއިކޮށް، އެ އިއުލާންކުރި އެވެ. އެކަމަކު ފަހަކުން އެ ފިލްމާ ބެހޭ އެއްވސް ވާހަކައެއް ނުދެކެވެ އެވެ.
ނަމަވެސް ފަރާގެ ބޭނުން މިހާރު ތިބީ އޭނަގެ އާ ފިލްމެއް ފެންނާނެ އިރެއްގެ އިންތިޒާރުގަ އެވެ.
When the Universe conspires to give u what you couldn’t even imagine ..excited & Emotional both,to be on this journey with my dearest #RohitShetty .. together with the Lov we hav 4 Films,we will create “the Mother of All Entertainers”!Lov u Rohit♥️. @RSPicturez @RelianceEnt pic.twitter.com/rMeKKoMmDW
— TheFarahKhan (@TheFarahKhan) February 7, 2019
ޕިންކްވިލާ އިން ބުނި ގޮތުގައި ފަރާ މިހާރު އަންނަނީ ތިން ޕްރޮޑަކްޝަން ހައުސްއަކަށް ސްކްރިޕްޓްތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރޯހިތުގެ ކުންފުންޏަށާއި ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ އިތުރަށް ބުޝަން ކުމާރުގެ ޓީ ސީރީޒަށެވެ.
ޕިންކްވިލާ އިން ބުނީ ޓީ ސީރީޒަށް ލިޔާ ސްކްރިޕްޓް މިހާރު އޮތީ ނިމިފައި ކަމަށެވެ. އަދި މިއީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ 1975 ގެ "ޗުޕްކޭ ޗުޕްކޭ" ސްޓައިލްގެ ކޮމެޑީ ޑްރާމާއެކެވެ. އަދި ބުޝަން ވެސް ސްކްރިޕްޓާ މެދު ވަރަށް ހިތްހަމަޖެހިފައި ހުރި އިރު، ދެން އޮތީ ފިލްމަށް ކާސްޓުން ނެގުމުގެ މަސައްކަތެވެ.
ނަމަވެސް ފަރާ ދެން ހަދާނީ ކޮން ފިލްމެއް ކަމެއް ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން އޭނަގެ އެއްވެސް ބަހެއް ވެސް އަދިއެއް ނެތެވެ. އެކަމަކު ޕިންކްވިލާ އިން ބުނީ އަންނަ އަހަރުގެ ތެރޭގައި ފަރާގެ އާ ފިލްމު އިއުލާންކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފަރާ އަކީ ބޮލީވުޑްގެ ފިލްމުތަކުގެ ލަވަތަކުގެ ނެށުން ތައްޔާރުކޮށް ދީގެން ކޮރިއޮގްރާފަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މީހެކެވެ. އޭނަ އެތައް ފިލްމެއްގެ ލަވަތަކުގެ ކޮރިއޯ ހަދާފައިވާ އިރު، އެ ދާއިރާ އިން ނެޝަނަލް އެވޯޑްގެ އިތުރުން ޕޮޕިއުލާ އެތައް އެވޯޑެއް ހޯދާފައިވެ އެވެ.
ފަރާގެ ފިރިމީހާ ޝްރިޝް ކުންދަރަކީ ވެސް ޑައިރެކްޓަރެކެވެ.