Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ރައީސް މާދަމާ ގައުމާ މުހާތަބް ކުރައްވާނެ

މާދަމާ ފާހަގަ ކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު މާދަމާ ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވާނެ ކަަމަށް ރައިސް އޮފީހުން ބުނެފި އެވެ.

ރައީސް ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9.30 ގައި ހައްދުންމަތީ ފޮނަދޫގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

ރައީސް މާދަމާ ދައްކަވާ ވާހަކަފުޅުގައި، ޤައުމަށްޓަކައި ޤުރްބާންވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރައްވައި، އެ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް ބައްލަވައިލައްވާނެ އެވެ. އަދި ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން މިއަދު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް ބައްލަވައި ލައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.