Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ކަރީނާ މި ހުރީ ބަޑި ދިއްކޮށްގެން

މިހާރު ޝޫޓިން ކުރިއަށްދާ ޑައިރެކްޓަރު ރޯހިތުގެ ޝެޓީގެ ފިލްމު "ސިންގަމް އެގެއިން" ގައި ބަތަލާ ކަރީނާ ފެންނާނެ ގޮތުގެ ފަސްޓުލުކް ޕޯސްޓަރެއް ދައްކާލައިފި އެވެ.

އޭގައި "އިންޓެންސް" ލުކަކާ އެކީ އޭނަ ފެންނަނީ ބަޑިއަކުން ބަޔަކާ ދިމާއަށް އަމާޒުކޮށްގެން ހުންނަ ތަނެވެ. "ސިންގަމް އެގެއިން" ގައި ވެސް ކަރީނާ ފެންނާނީ 2014 ގެ "ސިންގަމް އެގެއިން" ގައި އޭނަ ކުޅުނު އަވުނީ ބަޖިރާއޯ ސިންގަމްގެ ކެރެކްޓާއިންނެވެ. މިއީ "ސިންގަމް" ފްރެންޗައިޒްގައި އަޖޭ ދޭވްގަން ކުޅެމުން އަންނަ ފުލުސް ކެރެކްޓާގެ ބައިވެރިޔާގެ ރޯލެވެ.

ނަމަވެސް 2011 ގެ "ސިންގަމް" ގެ ބަތަލާގެ ރޯލު ކުޅުނީ ދެކުނުގެ ބަތަލާ ކާޖަލް އަގަރްވާލެވެ.

"ސިންގަމް އެގެއިން" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، ޓައިގާ ޝްރޮފްގެ އިތުރުން ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަނެއް ދެ ކެރެކްޓާ ކަމަށްވާ "ސިމްބާ" ގެ ކެރެކްޓާ ކުޅުނު ރަންވީރު ސިންގް އާއި "ސޫރިއަވަންޝީ" ގެ ރޯލު ކުޅުނު އަކްޝާ ކުމާރު ވެސް ހިމެނެ އެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ފަސްޓްލުކް މީގެ ކުރިން ވަނީ ދައްކާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން ކަޕޫރެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 15 ގަ އެވެ.