ސަނީ ޑިއޯލްއާ އެކީ ގެނެސްދިން "ގަދަރު 2" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާ "ޖާނީ" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ފިރިހެން ދަރިއަކާއި ބައްޕައަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް ހަދާ މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނެނީ އަނިލްގެ ދަރިފުޅު އަދި "ގަދަރު 2" ގައި ސަނީ އާއި ބަތަލާ އަމީޝާ ޕަޓޭލްގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝް ޝަރުމާ އާއި ނާނާ ޕަޓޭކަރެވެ. އަދި "ޖާނީ" ގެ ކާސްޓްގައި ސޯޝަލް މީޑިއާ އިން މަޝްހޫރުކަން ހޯދި ފަންނާނެއް ކަމަށްނާ ސްނެހިކް ޑިކްސިޓް މެހެރާ ވެސް ހިމެނެ އެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ވަރާނަސީގައި ކުރިއަށްދާ އިރު، މިއީ ބައްޕައާ އެކީ އުތުކާޝް، 29، މަސައްކަތްކުރާ ފަސް ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޭނަ ކުޑައިރު ކުޅުނު 2001 ގެ "ގަަދަރު: އޭކް ޕްރޭމް ކަތާ" އެވެ. އޭގެ ފަހުން 2007 ގެ "އަޕްނޭ' ގައި ވެސް ޗައިލް އާޓިސްތެއްގެ ރޯލު ކުޅުނެވެ. އަދި ލީޑިން އެކްޓަރެއްގެ ގޮތުގައި އުތުކާޝް ތައާރަފުކުރީ އަނިލްގެ 2018 ގެ "ޖީނިއަސް" އިންނެވެ. އެކަމަކު އެއީ މާ ކާމިޔާބު ފިލްމެއް ނޫނެވެ.
މީގެ އިތުރުން މިދިޔަ އޮގަސްޓްގައި ރިލީޒްކުރި "ގަދަރު 2" ގައި އުތުކާޝް ބޮޑު ރޯލެއް ކުޅުނެވެ.