Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ހަމާސް އިން އިޒްރޭލުގެ ހަ ޓޭންކަރެއް ހަލާލުކޮށްލައިފި

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލުގެ ހަ ޓޭންކަރު ހަލާކުކޮށްލައިފި އެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލު އަސްކަރިއްޔާގެ ތިން ޓޭންކަރަކާއި އަސްކަރީ ދެ ވެހިކަލް ހަލާކުކޮށްލީ އިތުރު ގާޒާގައި ދެވުނު ހަމަލާތަކެއްގައި ކަމަށެވެ. އަދި ދެކުނު ގާޒާ އާއި ބެއިތް ލަހިޔާ ސިޓީގައި ދެވުނު ހަމަލާތަކުގައި އިޒްރޭލުގެ އިތުރު ތިން ޓޭންކަރެއް ހަލާކުކޮށްލެވުނު ކަމަށް ގައްސާމް ބްރިގޭޑުން ބުނެފައިވެ އެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނާއި ގުޅިގެން އިޒްރޭލު އަސްކަރިއްޔާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވައިގެ މަގުން އަދި އެއްގަމުން ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 10،328 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެތެރޭގައި 4،237 ކުޑަކުދިންނާއި 2719 އަންހެނުން ހިމެނެ އެވެ. އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި އަދަދު މިހާރު ވަނީ 1،600 އާއި ގާތްކޮށްފަ އެވެ.

ހަނގުރާމައިގައި ފަލަސްތީނުން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާއިރު 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާ ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރުވެސް ވަނީ ހީވާން ފަށާފަ އެވެ.