އިންޑިއާގެ ބަތަލާ ސުޝްމިތާ ސެންގެ ލޯބީގެ ހަޔާތަކީ ބަޔަކު އަޖައިބު އަންތަރީސްވާ ކަހަލަ މަންޒަރުތަކެއް ފެންނަ "ކުޅިވަރެކެ" އެވެ. އޭނަ 2018 އިން ފެށިގެން ރައްޓެހިވެގެން އުޅުނު ޒުވާން ލޯބިވެރިޔާ ރަހްމާން ޝޯލްއާ 2021 ގެ ތެރޭގައި ރުޅިވުތާ ކުޑަ ދުވަސްކޮޅެއް ފަހުން، އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ލަލިތު މޯދީއާ ރައްޓެހިވި އެވެ.
އެކަން އެނގުނީ އެ ދެ މީހުން އެކީގައި ޗުއްޓީއަކަށް ގޮސް ނެގި ނެތި ފޮޓޯކެއް ލަލިތު، 57، ސޯޝަލް މީޑިއާގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އާންމު ކުރުމާ ގުޅިގެންނެވެ. އެކަމަކު އެ ފޮޓޯތައް އާންމުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ސުޝްމިތާ އާއި ލަލިތުގެ ގުޅުން ނިމުމަކަށް އަ އެވެ. އެއާ އެކީ ދެން އަނެއްކާ ވެސް އަޑުއެރީ ކުރީގެ ލޯބިވެރިޔާ ރަހުމާނާއި ސުޝްމިތާ ގުޅުނު ވާހަކަ އެވެ.
Just for clarity. Not married – just dating each other. That too it will happen one day. 🙏🏾🙏🏾🙏🏾🙏🏾 pic.twitter.com/Rx6ze6lrhE
— Lalit Kumar Modi (@LalitKModi) July 14, 2022
އެގޮތުން މި ފަހަކަށް އައިސް އެ ދެ މީހުން އެކީގައި އެކި ތަންތަނުން ފެނުން ވަރަށް އާންމެވެ. އެހެންވެ މި ގުޅުން އަނެއްކާ ކުރިއެކޭ އެއްގޮތަށް ސީރިއަސް މަރުހަލާއަކަށް އައިސްފައިވާ ކަމަށް ބެލެވެން ފެށީ އިއްޔެ ރޭ ފިލްމު ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބޭއްވި ކުލަގަދަ ދިވާލީ ޕާޓީގައި ސުޝްމިތާ އާއި ރަހްމާން އެކީގައި ބައިވެރިވުމުންނެވެ. އަދި ދެ މީހުން ވަރަށް އުފަލާ އެކީ މީޑިއާތަކަށް ޕޯސްކުރާ ތަން ވެސް އެ ޕާޓީގެ ތެރެއިން ފެނިފައިވެ އެވެ.
އެހެންވެ ގިނަ ބަޔަކު ގަބޫލު ކުރަނީ އަނެއްކާ ވެސް އަލުން ސުޝްމިތާ އާއި ރަހްމާން ލޯބީގެ ދަތުރު އޮމާންމަކާ އެކީ ކުރިއަށް ދާން ފެށީ ކަމަށެވެ. މޮޑެލްއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ރަހުމާނަމީ މިހާރު 47 އަހަރުގެ ސުޝްމިތާ އަށް ވުރެ 15 އަހަރު ހަގު މީހެކެވެ.
ނަމަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު ހޯދި ސުޝްމިތާ ރައްޓެހިވި މީހުންގެ އަދަދު ވެސް 15 އަށް ވުރެ މަދު ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު މަހޭޝް ބަޓާއި އެކްޓަރު ރަންދީލް ހޫޑާ އާއި ޑައިރެކްޓަރު މުދައްސަރު އަޒީޒު ފަދަ އެތައް ބަޔަކު ހިމެނެ އެވެ.
ސުޝްމިތާ އަކި އެޑޮޕްޓްކޮށްފައިވާ ދެ އަންހެން ކުދިންގެ މައެކެވެ. އެއީ ރެނީ ސެން، 22، އާއި އަލީސާ ސެން، 12، އެވެ.