Last Updated: July 23, 10:58
Thursday, July 23, 2026
ޚަބަރު

ހުޅުދޫން ގާޑިއާ ވިޔަފާރި އަށް ޕްލޮޓްތަކެއް ދޫކުރަނީ

އައްޑޫ ހުޅުދޫގެ ހަ ދިމާއަކުން ގާޑިއާގެ ވިޔަފާރި އަށް ހުއްދަ ދޭން ނިންމައި، އެކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ "މިއީ އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށްޓަކައި ދޭން ނިންމި ހުއްދަތަކެއް ކަމަށެވެ.

އެގޮތުން ހަ ދިމާއަކުން ފުރުސަތު ހުޅުވާލާފައިވާ އިރު، އެ ސަރަހައްދުތަކަށް ކުރިމަތިލާ ފަރާތްތަކަށް ހަޔެކަށް ވުރެ އިތުރުވެއްޖެ ނަމަ ޕްލޮޓް ދޫކުރާނީ ގުރުއަތުން ކަމަށާއި ޕްލޮޓް ކަނޑައަޅާނީ ވެސް ގުރުއަތުން ކަމަށް ކައުންސިލުން ބުންޏެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމައަށެވެ.

ޕްލޮޓްތަކަށް އެދޭ ފޯމް ހުޅުދޫ އަވަށު އޮފީހުން ލިބޭނެ އެވެ.

ހުޅުދުއާ އެއްފަސްކޮށް އޮންނަ މީދޫން ވެސް މިދިޔަ އަހަރު ގާޑިއާގެ ވިޔަފާރި އަށް 10 ފަރާތަކަށް ހުޅުވައިލި އެވެ.