އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން، 24000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 430 މީޓަރުގެ ސަރަޙައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 280 މީޓަރުގެ ސަރަޙައްދެއްގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 7171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަލްޗަރގެ ފަރާތުން އެމްޓީސީސީއަށް މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 21.14 މިލިއަން ރުފިޔާއަށެވެ.
640 މީހުންގެ އާބާދީއެއް އޮންނަ ކުނބުރޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުން އެ ރަށަށް މިހާރު ކުރިމަތިވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.