Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ކުޑަކުދިންގެ ޕެރެސެޓްމޯލެއް ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށްދޭ ޕެރަސެޓްމޯލްއެއް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖޭގެ މާކެޓްގައި މިވަގުތު ހުރި ޕެރެސެޓްމޯލްގައި ކޮލިޓީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުލަ ބަދަލުވެ ގަނޑުވެފައި ހުންނަކަން އެމްއެފްޑީއޭ އިން ފާހަގަކުރެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ބޭހުގައި ހުރި މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މިބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާ އަދި ބޭނުންކުރުން މިހާރު ވަނީ މަނާކުރެވިފައި ކަމަށެވެ