މިހާރު ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގައި ހިމެނޭ ޓައިގާ ޝްރޮފް އަނެއްކާ ވެސް އެ ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ މި ފިލްމަކީ އާނަންދު ޕަންޑިތު ޕްރޮޑިއުސްކޮށް، ޝިވަމް ނައިރް ޑައިރެކްޓްކުރަން ހަމަޖެހިފައުވާ ފިލްމެއް ކަމަށެވެ. ޝިވަމް އަކީ އަކްޝޭ ކުމާރުގެ 2017 ގެ "ނާމް ޝަބާނާ" ގެނެސްދިން ޑައިރެކްޓަރެވެ. ހަންގާމާ އިން ބުނި ގޮތުގައި އޭނަ ޓައިގާއާ އެކީ ހަދާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" އާއި ޖަހަން ޝަކްތީގެ "ހީރޯ ނަމްބަރު 1" ގެ ޝޫޓިން ޓައިގާ ނިންމާނެ އެވެ.
މިދިޔަ މަހު ރިލީޒްކޮށް ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނު "ގަނަޕަތު" ގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަޅޭ މިޔާ ޗޯޓޭ މިއާ" ހިމެނެ އެވެ.
ދެހާސް ސާދައިގެ "ހީރޯޕަންތީ" އިން ބޮލީވުޑަށް ޓައިގާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 2019 ގެ "ވޯ" އާއި 2018 ގެ "ބާގީ 2" އާއި 2020 ގެ "ބާގީ 3" ހިމެނެ އެވެ.