Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ލީޓަރަކަށް ވުރެ ކުޑަ ފެންފުޅި މަނާ ވަނީ

އަންނަ މަހުން ފެށިގެން އެއް ލީޓަރާއި އެއަށް ވުރެ ކުޑަ ޕްލާސްޓިކް ފެންފުޅި ރާއްޖެ އަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ވިއްކުން ވެސް މަނާވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެކަން މަނާވާނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ. މިއީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ރާއްޖޭގައި މަދުކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ރާއްޖޭގައި އުފައްދާ ފެނުގެ ތެރޭގައި "ތާޒާ"، "ލައިފް"، "ބޮނަކުއާ" ފަދަ ބްރޭންޑްތައް ހިމެނެ އެވެ.