ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލިން މަސްކްގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމެއް ހަދަން ނިންމައިފި އެވެ.
ވެރައިޓީން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައޮގްރަފިކަލް ޑްރާމާ ހަދަން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު ލިޔުންތެރިޔާ ވޯލްޓާ އިސާކްސްސަން ނެރުނު ބައޮގްރަފީ "އީލޮން މަސްކް" އަށް ބިނާކޮށެވެ. އެގޮތުން ބައޮޕިކްގެ ޑައިރެކްޓްކުރާނީ މަޝްހޫރު ޑައިރެކްޓަރު ޑެރެން އެފްރޮނޯސްކީ ކަމަށް ވެސް ވެރައިޓީން ބުންޏެވެ.
އެފްރޮނޯސްކީ އަކީ "ބްލެކް ސްވޯން" އާއި "ނޯއާ" އަދި "މަދާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ވޭލް" އެވެ.
Glad Darren is doing it. He is one of the best.
— Elon Musk (@elonmusk) November 10, 2023
އީލޮން އަކީ ޓެސްލާ އާއި ސްޕޭސް އެކްސް އަދި މިހާރު "އެކްސް" ގެ ނަމުގައި ހިންގަމުން އަންނަ ކުރީގެ ޓްވިޓާގެ ވެރިޔާ އެވެ.