ކެމްޕޭނަށް ފަންޑް ހޯދަން ފައިސާ ހޯދަންް ހިންގި ހަރަކާތްތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގަކަށް އެމެރިކާގެ ނިއު ޔޯކްގެ މޭޔަރު އެރިކް އެޑަމްސްގެ ފޯނުތަކެއް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއޭ) ގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މީޑިއާތަކުން ބުނީ އޭނަގެ ދެ އައިފޯނެއްގެ އިތުން އައިޕެޑެއް ވެސް އިއްޔެ އެފްބީއައިގެ އޮފިސަރުން ގެންގޮސްފައިވާ ކަމަށެވެ.
އެރިކްގެ ކެމްޕޭނާ ގުޅޭ ތަހުގީހެއް ފަށާފައި މި ވަނީ އޭނަގެ ކެމްޕޭނަށް ނަހަމަ ގޮތުގައި ބޭރުން ބޭރުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ. އެގޮތުން ތުރުކީގެ ސަރުކާރުން އެކަމަށް އެހީތެރިކަން ދީފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް ކެމްޕޭނަށް ފައުސާ ހޯދުމުގައި ގާނޫނޫތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް އެރިކް، 63، ވިދާޅުވެފައިވެ އެވެ. އޭނަ ނިއު ޔޯކްގެ މޭޔަރުކަމާ ހަވާލިވެވަޑައިތީ މިދިޔަ އަހަރުގެ ޖެނުއަރީ 1، ގަ އެވެ.
ތަހުގީގަށް އެރިކްގެ ޑިވައިސްތަކެއް އެފްބީއައިގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އޭނަގެ ވަކީލު ބޯއިޑް ޖޯންސަން ވިދާޅުވީ ޑިވައިސްތައް ރައްދުކޮށް ދޭން އެދިފައިވާނެ ކަމަށާއި އެރިކް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ސީދާ އެރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ތަހުގީގަށް އެއްބާރުލުން ވެސް ދެއްވާނެ ކަމަށެވެ. އަދި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށް ވިދާޅުވި އެވެ.
އެރިކްގެ ކެމްޕޭން ފައިސާ ހޯދި ގޮތާ ގުޅޭ ތަހުގީގެއް ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.