މާދަމާ ރިލީޒްކުރާ ފިލްމު "ޓައިގާ 3" އާ ގުޅޭ ގޮތުން އެ ފިލްމުގެ ބަތަލު ސަކްމާން ޚާން މިއަދު އޯޑިއަންސްގެ ކިބައިން ހާއްސަ ކަމަކަށް އެދިއްޖެ އެވެ.
އޭނަ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ފިލްމު ބަލާފައި އޭގެ ކުރިމަރާނުލުމަށް އެދޭ ކަމަށް ބުނެފަ އެވެ. އޭގެ މާނަ އަކީ "ޓައިގާ 3" ބަލާފައި އޭގައިވާ ގޮތް އެއްވެސް ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާ ނުކުރަން އެދެމޭ އެވެ. ސަލްމާން ބުނި ގޮތުގައި މި ފިލްމަކީ ވަރަށް ލޯބިން ހަދާފައި އޮތް ފިލްކަމަށްވާތި އޭގެ "ސްޕޮއިލާ" ރައްކާތެރިކުރަން ބޭނުންވެ އެވެ.
އެހެން ނޫން ނަމަ ފިލްމު ބެލުމުގެ ފޯރި ބެލުމުގެ ފޯރި ގެއްލިގެން ހިނގައި ދާނެ ކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާ އާންމުވި ފަހުން ފިލްމުތައް ބަލާފައި ފިލްމުތަކުގައި ވާނުވާ ގޮތް ކިޔައި ދިނުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މީގެ ސަބަބުން ފިލްމަށް އޮންނަ ޝައުގުވެރިކަން ގެއްލި، ފިލްމުގެ ވިޔަފާރިތަކަށް ވެސް ނޭދެވޭ އަސަރުކުރެ އެވެ.
އެހެންވެ އޯޑިއަންސްގެ ކިބައިން ސަލްމާން އެދުނީ "ޓައިގާ 3" އާ ދޭތެރޭ އެ މޭރުމުން އަމަލު ނުކުރުމަށެވެ. އަދި އޯޑިއަންސަށް އިތުބާރުކުރާ ކަމަށް ވެސް އޭނަ ބުންޏެވެ.
މަނީޝް ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. "ޓައިގާ 3" ގެ ކާސްޓްގައި ކެޓްރީނާ ކައިފާއި އިމްރާން ހާޝިމީގެ އިތުރުން ހާއްސަ ފެނިލުންތަކުގައި ޝާހްރުކް ޚާނާއި ރިތިކް ރޯޝަން ވެސް ހިމެނެ އެވެ.