Last Updated: May 3, 10:07
Saturday, May 3, 2025
ޚަބަރު

ރާއްޖެ އަކީ ހާއްސަ މަގާމެއް ދީފައިވާ ގައުމެއް: މޯދީ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ- ފޮޓޯ: ރައީސް އޮފީސް

އިންޑިޔާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހާ ގުޅިގެން ބޮޑުވަޒީރު މޯދީ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީޚާއި ސަގާފަރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ މެސެޖުގައި އިންޑިޔާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއްކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް ދަ ރީޖަން ޤާއިމުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ގައުމެއް ކަމުގައި ވިދާޅުވިއެވެ." އިންޑިއާ އެމްބަސީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިިގެން މަސައްކަތް ކުރުމަށް އިންޑިއާއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް އަރުވާފައިވެއެވެ.

އަދި ކުރިއަށްއޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނަރޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެކަމުގައި ގަބޫލުކުރައްވާކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.