Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

އެންމެ ހިތްގައިމު ހަދިޔާ އަކީ ފިރިމީހާ: ޕަރިނީތީ

މިހާތަނަށް ލިބުނު އެންމެ ރަނގަޅު ހަދިޔާ އަކީ ފިރިމީހާ ރާގަވް ޗައްޑާ ކަމަށާއި އޭނަ އަކީ ހުރިހާ ކަމަށްކަވާ ފަރުވާއެއް ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

އިއްޔެ ފާހަގަކުރި ރާގަވްގެ 36 ވަނަ އުފަން ދުވަހާ ގުޅުވައި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ޕަރިނީތީ ބުނީ ފިރިމީހާ އަކީ ވަރަށް ވިސްނުންތެރި، ތެދުވެރި، މަޑުމައިތިރި އަދި އާއިލީ ގުޅުމަށް ވެސް ވަރަށް އިސްކަންދޭ މީހެއް ކަމަށެވެ. އެހެންވެ ފިރިމީހާގެ އެ ސިފަތަކާ ހެދި އޭނަ ދެކެ ވަރަށް ބޮޑަށް ވެސް ގަޔާވާ ކަމަށް ޕަރިނީތީ ބުންޏެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީ އާއި ރާގަވް ކައިވެނިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އެ ދެ މީހުންނަކީ ވަރަށް ކުރިއްސުރެ ވެސް ގާތް ދެ އެކުވެރިންނެވެ. އަދި އިނގިރޭސިވިލާތުގައި ކިޔެވީ ވެސް އެކީގަ އެވެ.

ރާގަވް އަކީ އިންޑިއާގެ މަޝްހޫރު ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމާ ޕާޓީ އާޕް) ގެ އިސް ލީޑަރެކެވެ.