Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ފަލަސްތީނަށް ބޭނުން ވަނީ ދާއިމީ ހައްލެއް

އިޒްރޭލުގެ އަނިޔާވެރިކަން ހިނދުކޮޅަކަށް މެދުކަނޑައިގެން ފަލަސްތީން މައްސަލަ އަށް ހައްލެއް ނެތް ކަމަށާއި އެކަމަށް ބޭނުން ވަނީ ދާއިމީ ހައްލެއް ކަމަށް ތުރުކީން ބުނެފި އެވެ.

އިސްރޭލުން މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭ ގޮތުން ސައޫދީ އަރަބިއްޔާގައި ބޭއްވި "އިސްލާމިކް-އަރަބް ސަމިޓް" ގައި ތުރުކީގެ ރައީސް ތޮއްޔިބް އުރުދުގާން ވިދާޅުވީ ފަލަސްރީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން އޮތީ އިޒްރޭލުން ދެމުންދާ ހަމަލާތައް އެކީގައި ހުއްޓާލައިގެން ކަމަަށެވެ.

އެހެންވެ އެފަދަ އެއްބަސްވުަމކަށް އާދެވޭނެ ކޮންގަރެންސެއް މެދުއިރުމަތީގައި ބާއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އިޒްރޭލުން އެ ދަނީ ހަމާސްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ކޮންމެ ދުވަހަކު ގާޒާގެ އެތައް ކުޑަކުދިންނަކާއި އަންހެނުންގެ ފުރާނަ ދުއްވައިލަމުން،" އުރުދުގާން ވިދާޅުވި އެވެ. "އެހެންވެ މުހިއްމު ވެފައި އޮތީ ވަގުތީ ގޮތުން މަދު ގަޑިއިރުތަކަކަށް ހަމަލާތައް ހުއްޓާލުމެއް ނޫން. މިކަމަށް ބޭނުން ވަނީ ދާއިމީ ހައްލެއް."

ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ހުޅަނގުގެ ބޮޑެތި ގިނަ ގައުމުތަކުން ސިފަކުރާތީ އޭގެ ރައްދގައި ތުރުކީގެ ބޮޑުވަޒީރު ވިދާޅުވި އެކަން އެގޮތަށް ދެކެވަޑައިގަނުގަންނަވާ ކަމަށެވެ.

"ހަމާސް އިން އެ ކުރާ ކަމަކީ އެ މީހުންގެ އަމިއްލަ ބިމުގެ ހައްގުގައި ކުރެވޭ މަސައްކަތްތަކެއް. އެކަން އަހަރެމެން ސިފަކޮށްގެން ނުވާނެ ބިންތައް ފޭރިގެންފައިވާ ބަޔަކު އެ ކުރާ ކަހަލަ މަސައްކަތަކާ." އުރުދުގާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެގެން ދާ ތަން ބަލަން ތިބުމަކީ ކެތްވާރުގެ ކަމެއް ނޫން ކަމަށާއި އިންސާނިއްޔަށްޓަކައި ވެސް އެކަން ހުއްޓުވަން ދުނިޔެ އަށް މިހާރު މަޖުބޫރު ކަމަށެވެ.

"އެހެންވެ އިންޓަނޭނަލް ފީސް ކޮންފަރެންސްކަށް ގޮވާލަން." އުރުދުގާން ވިދާޅުވި އެވެ.

މިދިޔަ މަހުގެ 7 ގައުި ހަމާސް އިން އިޒްރޭލަށް ވަރުގަދަ ހަމަލާތަކަކާ ގުޅިގެން އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައއް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް އެ ގައުމުގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.