Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ޓާމިނޭޓާ" އެނިމޭޓެޑްކޮށް، ނެޓްފްލިކްސް އަށް

ހޮލީވުޑްގެ މަޝްހޫރު "ޓާމިނޭޓާ" ފްރެންޗައިޒަށް ބިނާކޮށް އެނިމޭޓެޑް ސީރީޒެއް ނެޓްފްލިކްސް އަށް ގެނެސްދޭން ނިންމަން އެކަން މިއަދު އިއުލާންކޮށްފި އެވެ.

އެގޮތުން މިހާރު ވަނީ ސީރީޒްގެ ޓައިޓްލް ލޯގޯ ވެސް ވެސް ދައްކާލައިފި އެވެ.

"ޓާމިނޭޓާ" ދި އެނައިމް ސީރީޒް" ގެ ނަން ދީފައިވާ މި ސީރީޒް ހަދަނީ ސްކައިޑާންސާއި ޖަޕާންގެ އެނިމޭޝަން ސްޓޫޑިއޯ، އައިޖީީ ގުޅިގެންނެވެ. އެއީ "ގޯސްޓް އިން ދަ ޝެލް" ވެސް ގެނެސްދިން ސްޓޫޑިއޯ އެވެ. "ޓާމިނޭޓާ: ދި އެނައިމް ސީރީޒް" އިން މުޅިން އާ ކެރެކްޓާތަކެއް ވެސް ގެނެސްދޭން ނިންމާފައިވާ އިރު މީގެ މޭސްތިރި އަކީ މެޓް ޓޮމްލިން އެވެ. އަދި ސީރީޒްގެ ޑައިރެކްޓަރަކީ މަސާޝީ ކޫޑޯ އެވެ.

"ޓާމިނޭޓާ" އަކީ "ޓައިޓޭނިކް" އާއި "އެވަޓާ" ފަދަ ވަރުގަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޖޭމްސް ކެމެރޮން އިސްކޮށް ހުރެގެން ގެނެސްދޭން ފެށި އެއްޗެކެވެ. އާނޯލްޑް ޝްވެޒްނެގާއާ އެކީ މީގެ ފުރަތަމަ ފިލްމު "ދަ ޓާމިނޭޓާ" ގެނެސްދިނީ 1984 ގަ އެވެ. މީގެ ހަ ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ޓާމިނޭޓާ: ޑާކް ފޭޓް" އެވެ.

"ޓާމިނޭޓާ" އަށް ބިނާކޮށް ޓީވީ ސިލްސިލާތަކާއި ވާހަކަތަކާއި ކޮމިކްގެ އިތުރުން ވީޑިއޯ ގޭމްތައް ވެސް ގެނެސްދީފައިވެ އެވެ.