Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

މާނިއު ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން ޢަބްދުލްމާނިއު ހުސައިން އިސްތިއުފާ މިއަދު ދެއްވައިފި އެވެ.

އޭނަ އަކީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރި ޤާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މެންބަރެވެ. މާނިއު ޖޭއެސްސީން އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއްނުކުރައްވަ އެވެ. އެކަމަކު
ހުސްވެފައިވާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އޭނަ އައްޔަން ކުރަން އުޅޭކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ހައި ކޯޓަށް ފަނޑިރާޔަކު ހޯދަން ޖޭއެސްސީން މިދިޔަ ހަފުތާގެ ތެރޭގައި އިއުލާންކުރި އެވެ.

ޖޭއެސްސީގެ މެންބަރުކަމަށް މާނިއު އައްޔަންކުރީ 2019 ގެ ޖުލައިގަ އެވެ.