Last Updated: May 3, 10:52
Saturday, May 3, 2025
ޚަބަރު

ފައްޔާޒް ނަޝީދަށް: ވޯޓާ ކުރިމަތިލައްވާ

ފޮޓޯ: އެމްޑީޕީ

ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓާ ކުރިމަތި ލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރިނަމަވެސް އެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ގަވައިދާ ހިލާފު ކަމަށް ބުނެ ވަނީ މަޖިލީހުން ބޭރުކޮށް ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް އަމަލުކުރައްވާފައިވަނީ، މިދިޔަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އަމަލުކުރެއްވި ގޮތަށްވުރެއްވެސް ދަށުދަރަޖައިގައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ކަޅު އަނދިރި ދުވަހެއް ކަމަށެވެ. އަދި ފައްޔާޒް ވަނީ ރައީސް ނަޝީދަށް އިތުބާރު ނެތްކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓާ ކުރިމަތި ލެއްވުމަށް ގޮވާލައްވާފައެވެ.

ރައީސް ނަަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ދެ ޖަލްސާއެއް ބާއްވާފައިވެއެވެ.

އެހެންނަމަވެސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ބޭބޭފުޅުން އެ ޖަލްސާތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.