އާއިލާ އަށް އިތުރުވި ހަ ވަނަ ކުއްޖާއާ އެކީ ދެން ދަރިން ހޯދުން ނިމުނީ ކަމަށް އިނގިރޭސިވާތުގެ މަޝްހޫރު ޝެފް، ގޯޑަން ރަމްޒީ ބުނެފި އެވެ.
"މާސްޓަ ޝެފް" އާއި "ހެލްސް ކިޗަން" އަދި "ކިޗެން ނައިޓްމެއާސް" ފަދަ މަގުބޫލު ކައްކާ ޝޯތަކުގެ ޖަޖްކަންކޮށްފައިވާ އަދި ރެސްޓޯރަންޓް ވިޔަފާރީގައި ނުފޫޒު ގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގޯޑަންގެ ހަ ވަނަ ދަރިފުޅު އުފަންވީ އިއްޔެ އެވެ. އެއީ ފިރިހެން ކުއްޖެކެވެ. ނަމަކީ ޖެސީ ގޯޑަން ރަމްޒީ އެވެ.
View this post on Instagram
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ގޯޑަން ބުނީ ހަ ވަނަ ދަރިފުޅު ލިބުނީ މި މަހުގެ 8 ގައި އޭނަގެ 57 އުފަން ދުވަސް ވެސް ފާހަގަކޮށްފައި ވަނިކޮށް ކަމަށާއި މިއީ އުފަން ދުވަހުގެ ހާއްސަ ހަދިޔާ ކަމަށެވެ. އެ ދަރިފުޅާ އެކީ މިހާރު އާއިލާ އަށް ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ހަމަވީ ކަމަށް ވެސް ގޯޑަން ބުންޏެވެ.
"[އެހެންވީމަ ދެން ދަރިން ހޯދުން] ނިމުނީ." އޭނަ ބުންޏެވެ.

ގޯޑަން އާއި އަންހެނުން ޓާނާ ހަޗްސަންގެ އެންމެ ދޮށީ ދަރިފުޅަކީ 25 އަހަރުގެ މޭގަން ރަމްޒީ އެވެ. އާއިލާގައި ދެން ހިމެނެނީ އެއްމާބަނޑު ދެބޭން ކަމަށްވާ 23 އަހަރުގެ ހޮލީ އަނާ ރަމްޒީ އާއި މިޓަލްޑާ ރަމްޒީ، 22، ގެ އިތުރުން އޮސްކާ ޖޭމްސް ރަމްޒީ، 4، އެވެ.
ގޯޑަން އާއި ޓާނާ ކައިވެނިކުރީ 1996 ގަ އެވެ.