Last Updated: June 12, 20:40
Friday, June 12, 2026
މުނިފޫހިފިލުވުން

"ބެލުންތެރިން ބޭނުން ނަމަ އަބަދުވެސް ފެންނާނެ"

ބެލުންތެރިން އޭނާ އަށް ތާއީދުކޮށް، އޭނާގެ ފިލްމްތައް ބެލުމަށް އަބަދުވެސް ޝައުގުވެރިވާ ނަމަ ފިލްމް ކުޅުން ދުވަހަކު ވެސް ހުއްޓާ ނުލާނެ ކަމަށް ބޮލީވުޑްގެ "ކިންގް ހާން" ޝާހްރުކް ހާން" ބުނެފި އެވެ.

އޭނާ ބުނީ އޯޑިއަންސް އޭނާ ސްކްރީނުން ދެކެން ބޭނުންވާ ނަމަ ސްކްރީނުން ދުވަހަކު ވެސް ގެެއްލިގެން ނުދާނެ ކަަމަށެވެ. އަދި ބެލުންތެރިން މުނިފޫހި ފިލުވައި ދިނުމުގައި ދެގޮތެެއް ނުވެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާނެ ކަމަަށް ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ޝާހް، 47، ބުންޏެވެ.

ފުރާވަރަށް އަރާފައިވާ ދެ ކުދިންގެ ބައްޕަ ބުނީ އޭނާ ފިލްމީ ދާއިރާ އާ ގުޅުމަށް މުމްބާއީ އަށް ދިޔަ އިރު، ބެލުންތެރިންގެ މެދުގައި އެންމެ ބޮޑަށް ފޯރި ހިފާފައި ވަނީ ލޯބީގެ ފިލްްމްތަކަށް ކަމަށެވެ. ފިލްމް "ދީވާނާ" އިން 1993 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ޝާހް މިހާތަނަށް ކުޅުނު ފިލްްމްތަކުގެ ތެރެއިން ގިނަ ފިލްމްތަކަކީ ވެސް ލޯބީގެ ފިލްމްތަކެވެ. އަދި އޭނާ މަޝްހޫރުވެފައި ވަނީ ވެސް ލޯބީގެ ފިލްމްތައް ކުޅުމަށް ދެވަނައެއް ނެތް އެކްޓަރެއްގެ ގޮތުގަ އެވެ.

އޭގެ ތެރޭގައި "ޑަރް"، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ"، "ކުޗްކުޗް ހޯތާ ހޭ"، "ދިލް ތޯ ޕާގަލް ހޭ"، "މުހައްބަތޭން"، "ވީރް-ޒާރާ"، "ކަލް ހޯ ނަހޯ"، "ކަބީ އަލްވިދާ ނާ ކެހެނާ"، "ކަބީ ހުޝީ ކަބީ ޢަމް"، "ދޭވްދާސް"، "އޯމް ޝާންތީ އޯމް" އަދި ދާދި ފަހުން ރިލީޒްވި "ޖަބްތަކް ހެ ޖާން" ހިމެނެ އެވެ.

ޝާހްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޗެންނާއީ އެކްސްޕްރެސް" އާއި "ހެޕީ ނިއު ޔެއާ" ހިމެނެ އެވެ. ފިލްމް ކުޅުމުގެ އިތުރަށް އޭނާ މިހާރު އަންނަނީ ޕްރޮޑިއުސް ވެސް ކުރަމުންނެވެ.