Last Updated: May 3, 10:07
Saturday, May 3, 2025
ޚަބަރު

ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި-

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިއޮތީ މިއަދު މެންދުރު 02:00 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި މިފަހުން ބޭއްވޭތޯވެސް މަސައްކަތް ކޮށްފައިވެއެވެ.

އިސްތިއުނާފު އަޑުއެހުމުގައި މިހާރު ކުރިއަށްދަނީ ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑްރިންގެ މައްސަލައިގެ އަޑުއެހުމެވެ.

ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޔާމިން މިހާރު ހުންނެވީ ރަށު ބަންދަށް ބަދަލުކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ކުރިއަށްދާއިރު ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ވެސް އަންނަނީ ހިނގަމުންނެވެ