Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ކަރަންގެ ޝޯ އަށް ކަރީނާ އާއި އާލިއާ އެކީގައި

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މިހާރު ގެނެސްދޭ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން" ސީޒަން 8 ގެ ހަތަރު ވަނަ އެޕިސޯޑް ކަރީނާ ކަޕޫރާއި އާލިއާ ބަޓާ އެކީ ގެނެސްދޭން ނިންމައިފި އެވެ.

މި އެޕިސޯޑްގެ ޕްރޮމޯ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި ދެ ތަރިން ވެސް ޝައުގުވެރި ގިނަ ވާހަކަތަކެއް ހިއްސާކުރާނެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އާލިއާ އަކީ ކަރީނާހެ ފަހަރިއެއްކަމެވެ. އޭނަގެ ފިރިމީހާ ރަންބީފރް ކަޕޫރާ އެކީ ކަރީނާއާ ދެބޭންގެ ދެދަރި އެކްޓަރެކެވެ.

ކަރީނާ އާއި އާލިއާ އެކީގައި ގެނެސްދޭ އެޕިސޯޑް ބެލުންތެރިންނަށް ދޫކޮށްލާނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

މި ޝޯގެ ކުރީގެ ތިން އެޕިސޯޑުން ފެނިގެން ދިޔަ މެހުމާނުންނަށް އެންމެ ފަހުން ގެނެސްދިން އެޕިސޯޑްގައި ބައިވެރިވީ ސާރާ އަލީ ޚާނާއި އަނަންޔާ ޕާންޑޭ އެވެ. ދެވަނަ އެޕިސޯޑްގައި ސަނީ އާއި ބޮބީ ޑިއޯލެވެ. އަދި ފުރަތަމަ އެޕިސޯޑްގައި ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގް އެވެ.