އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އެ ގައުމުގެ ފޮރިން ސެކްރެޓަރީއަކަށް އައްޔަންކޮށްފި އެވެ.
އޭނަ އެ މަގާމަށް ބޮޑުވަޒީރު ރިޝީ ސުނަކް އައްޔަންކުރެއްވަން ނިންމެވީ ކެބިނެޓަށް ގެންނަވަން މިއަދު ނިންމެވި ބައެއް ބަދަލުތަކާ އެކީގަ އެވެ. ފޮރިން ސެކްރެޓަރީގެ މަގާމުގައި މިހާތަނަށް ކުރިން ހުންނެވީ ޖޭމްސް ކްލެވެލީ އެވެ.
The Rt Hon @David_Cameron has been appointed Secretary of State for Foreign, Commonwealth and Development Affairs @FCDOGovUK pic.twitter.com/r9fL9dIgzs
— UK Prime Minister (@10DowningStreet) November 13, 2023
ކެމެރޮން އަކީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން އީޔޫ) އިން ވަކިވުމާ ގުޅޭ ގޮތުން ނެގި ވޯޓާ ދިމާކޮށް 2016 ގައި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
ކެބިނެޓަށް މިއަދު ގެނައި ބަދަލުގެ ތެރޭގައި ހޯމް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސުއެލާ ބްރެވަމަން މަގާމުން ވަކިކޮށް، އެ މަގާމަށް ކްލެވެލީ ބަދަލުކުރުން ހިމެނެ އެވެެ.