އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް އިތުރު އަންހެން ބޭފުޅަކު ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި އެވެ.
މިއީ 2012 އާއި 2016 ގައި ބޭއްވި އިންތިހާބުގައި ވެސް ގްރީން ޕާޓީން ނެރުނު ކެންޑިޑޭޓް ޑރ. ޖިލް ސްޓީން އެވެ. އޭނަ ވަނީ އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން "އެކްސް" ގައި ރަސްމީކޮށް އިއުލާންކުރައްވައި، މިހާރުގެ ރައީސް ޖޯ ބައިޑެން ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޖިލް ވިދާޅުވެފައި ވަނީ ބައިޑެންގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ އާއި ގައުމުގެ ރައްޔިތުންނަށް މިހާތަނަށް ލިބުނު މާ ބޮޑު ހިތްހަމަޖެހުމެއް ކުރިއެރުމެއް ނެތް ކަމަށެވެ. އަދި މި ސަރުކާރާ އެކީ ޑިމޮކްރަސީ އޮތީ ފަހަތަށް ގޮސްފައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު އަހަރެމެންގެ ލައިފް ސަޕޯޓަކަށް އަބަދު ވެސް ވާނީ ޑިމޮކްރަސީ ނެގެހެއްޓުން. އެކަން ކުރަން އަޅުގަނޑު މި ނުކުންނަނީ." ޖިލް، 73، ވިދާޅުވި އެވެ.
FOR IMMEDIATE RELEASE
Thursday 11/9/2023Jill Stein Announces 2024 Green Party Presidential Run
Jill Stein announced today that she is seeking the Green Party nomination for President of the United States. Stein is a Harvard-educated doctor, a pioneering environmental health…
— Dr. Jill Stein🌻 (@DrJillStein) November 9, 2023
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވާފައިވާ އަނެއް އަންހެން ބޭފުޅަކީ ރިބަޕްލިކަން ޕާޓީ އަށް ނިސްބަތްވާ ނީކީ ހޭލީ، 51، އެވެ. އޭނަ އަކީ ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރުގެ އިތުރުން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން އދ. އަށް ކަނޑައެޅި އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ނިކީގެ އިތުރުން ވެސް ރިޕަބްލިކަން ޕާޓީގެ ފަރާތުން އިތުރު ބޭފުޅުންތަކެއް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވާފައިވެ އެވެ. އޭގެ ތެރޭގައި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް އާއި ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ ހިމެނިވަޑައިގަންނަވަ އެވެ.
The political system is broken. Over 60% of us now say the two-party establishment has failed us and we need a party that serves the people.
I’m running for President to offer a better choice for the people. Join us!https://t.co/sjGXNNSnmK pic.twitter.com/QkrugPGadb
— Dr. Jill Stein🌻 (@DrJillStein) November 9, 2023
ޓްރަމްޕަކީ ވެސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ. ޓްރަމްޕްގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މައިކް ޕެންސް ވެސް އިންތިހާބުގައު ވާދަކުރައްވަން ނިންމެވި އެވެ. އެކަމަކު ހަތަރު ވަރަކަށް މަހު ކެމްޕޭން ކުރެއްވުމަށް ފަހު އޭނަ ވަނީ ރިޔާސީ ރޭހުން މިދިޔަ ބޭރުވެވަޑައިގެންފަ އެވެ.