Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

12 ދުވަސްވީ އިރު ވެސް އަބްދުﷲ ނުފެނޭ

މި މަހުގެ ކުރީކޮޅު ގެއްލުނު ކުޅުދުއްފުށީ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހޯދަނީ އެ ސިޓީގެ ލަންދޫގޭ އަބްދުﷲ އިބްރާހިމް، 39، އެވެ.

ފުލުހުން މިއަދު ބުނީ އޭނަ ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އަބްދުﷲ ގެއްލުނުތާ އެއް ދުވަސް ގަހުން އޭނާ މާލެ-ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށެވެ.

ނަމަވެސް އަބްދުﷲ ގެ އެއްވެސް ޚަބަރެއް މިހާތަނަށްވެފައި ނުވާތީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.