Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ތަމަންނާ އާއި ވިޖޭ ކައިވެނި ކުރަނީ

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ތަމަންނާ ބާޓިއާ އާއި ވިޖޭ ވަރުމާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިންގެ ލޯބީގެ ވާހަކަ އަކީ މި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ.

ތަމަންނާ، 33، އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާއިންގެ އިތުރުން ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ.

"ބާހްބަލީ" ގެ އިތުރުން ދާދި ފަހުން ރިލީޒްކުރި ރަޖްނީކާންތުގެ ފިލްމު "ޖެއިލާ" ގެ އައިޓަމް ލަވަ "ކާވާލާ" އިން ވެސް ބޮޑު ސަމާލުކަމެއް ހޯދި ތަމަންނާ އާއި ވިޖޭގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަ އިރު، މި ދެ ތަރިން އެކީގައި ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީސް 2" އިން ވެސް މި އަހަރު ފެނިފައިވެ އެވެ.

އާންމުކޮށް ސަޕޯޓިން ރޯލުތައް ކުޅޭ އަދި ހާއްސަކޮށް ގްރޭ ކެރެކްޓާތަކުން ފެންނަ ވިޖޭ، 37، އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ގެނެސްދިން ކަރީނާ ކަޕޫރްގެ "ޖާނޭ ޖާ" އެވެ.

މީޑިއާތަކުން ބުނީ ވިޖޭ އާއި ތަމަންނާ މިހާރު ކައިވެންޏަށް ޕްލޭން ކުރަން ފަށާފައި ވަނީ ދެ ފަރާތުގެ އާއިލާ އިން ވެސް އަވަހަށް ކައިވެނި ކުރަން ޕްރެޝަރުކުރާތީ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި މި ދެ ތަރިންގެ ކައިވެނީގެ ހަފުލާ ފެނިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.

ތަމަންނާއި ވިޖޭ ދާދި ފަހުން އެކީގައި ރާއްޖެ އަށް ޗުއްޓީ އަށް ވެސް އަ އެވެ.