ކ. ގުރައިދޫ ކައުންސިލުން އެ ރަށު ސްކޫލްގެ ހުރިހާ ކުލާސްރޫމެއް އޭސީކޮށް ދީފި އެވެ.
ގުރައިދޫ ކައުންސިލުން ބުނީ ކްލާސްތައް ފިނިކޮށް ދިން އިރު، މީގެ ކުރިން އެ ސްކޫލްގެ އުމްރާނީ ފެންވަރު ރަނގަޅުކޮށް ދޭން ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްގެ ހަރަދުގައި ސްކޫލްގައި ބޮޑެތި މަރާމާތުތަކެއްކޮށްފައިވެ އެވެ.
އެގޮތުން އެންމެ ފަހުން ސްކޫލްގެ 14 ކުލާސްރޫމްގައި ވަނީ ކައުންސިލުން ވަނީ އޭސީ ހަރުކޮށްފަ އެވެ.
ގުރައިދޫ ކައުންސިލުން ބުނި ގޮތުގައި ރަށުގެ ސްކޫލްގެ ހާލަތު ރަނގަޅުކުރަން ކޮށް ދެމުން އަންނަ މަސައްކަތްތަކުގެ ސްކޫލުގައި ކުލަ ލައި، އެތަނުގެ ވޯކް ވޭ އާށް، ހޫނުން ރައްކާތެރިކަން ހޯދުމަށް ދާ ވެސް ދަމާފައިވާ ކަމަށެވެ. މި މަސައްކަތްތަކަށް ކައުންސިލްގެ ބަޖެޓުން 400،000ރ. ހޭދަކޮށްފައިވެ އެވެ.
ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ގުރައިދޫ ސްކޫލްގައި 400 އެއްހާ ދަރިވަރުން ކިޔަވަ އެވެ.