Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

ފުލުހުންނަށް ޕްރޮމޯޝަން ދިނީ އުސޫލާ އެއްގޮތަށް

Police
ދިވެހި ފުލުހުން- ފޮޓޯ: ރައީސް އޮފީސް

ފުލުހުންނަށް ޕްރޮމޯޝަން ދީފައިވަނީ އުސޫލާ އެއްގޮތަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ ޝަރުތުހަމަނުވާ ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި ޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"މި ޕްރޮމޯޝަން ތަކަކީ މި ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް." ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާއިރު މީގެތެރޭގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ވެސް ޕްރޮމޯޝަން ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދީފައިމިވަނީ މިގޮތަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވަނިކޮށެވެ.