ފާތިމާ ސަނާ ޝެއިހާއި ވިޖޭ ވަރުމާ އެކީގައި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ވެސް ކާސްޓްގައި ހިމެނޭ ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ވިބޫ ޕޫރީ ޑައިރެކްޓްކުރާ އެއްޗެއް ކަމަށެވެ. އޭނަ އަކީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރި 2015 ގެ "ހަވާއީޒާދާ" ގެ ޑައިރެކްޓަރެވެ.
އެ ފިލްމުގެ ފަހުން ވިބޫ ފީޗާ ފިލްމެއް ޑައިރެކްޓްނުކުރި ނަމަވެސް ބައެއް ކުރު ފިލްމުތައް ހަދާފައިވެ އެވެ. އޭނަގެ އާ ފިލްމު ފާތިމާ އާއި ވިޖޭ އަދި ނަސީރުއްދީނާ އެކީ ހަދަން ނިންމި ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
އާމިރު ޚާނާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ފާތިމާގެ އެންމެ ފަހުގެ ފިލްމަކީ ނަސީރުއްދީންގެ އަންހެނުން ރަތުނާ ޕަތަކް ޝާހް ވެސް ކާސްޓްގައި ހިމެނޭ މިދިޔަ މަހު ރިލީޒްކުރި "ދަކް ދަކް" އެވެ. ބަތަލާ ތަމަންނާ ބާޓިއާ ރައްޓެހިވެގެން އުލޭ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރު މަހު ގެނެސްދިން ކަރީނާ ކަޕޫރްގެ "ޖާނޭ ޖާ" އެވެ.