Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ކަޕިލްގެ ޝޯ ދެން ސޮނީއަކަށް ނާންނާނެ

ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ބެލުންތެރިންގެ ވަރަށް މަގުބޫލު ޝޯއެކެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ޝޯ މެދުކަނޑާލި ފަހުން ބެލުންތެރިން ތިބީ އަލުން ޝޯ އަންނާނެ އިންތިޒާރުގަ އެވެ. އެކަމަކު ހިތާމަވެރި ޚަބަރަކީ ކަޕިލްގެ ޝޯ ދެން ސޮނީ އަށް ނާންނާނެކަމެވެ.

އޭގެ ބަދަލުގައި އޭނަގެ ޝޯ ދެން ފެންނާނީ ނެޓްފްލިކްސްއިންނެވެ. އެކަން އިއުލާންކޮށް މިހާރު ވަނީ ޝޯގެ ޕްރޮމޯއެއް ވެސް އާންމުކޮށްފަ އެވެ. މި ޝޯ ގެނެސްދޭނީ "ކަޕިލް ޝަރުމާސް ކޮމެޑީ ޝޯ" ގެ ނަމުގަ އެވެ. މި ޕްރޮމޯޓްކުރަމުން އަންނަނީ ގެ ބަދަލު ވިޔަސް، އާއިލާ ބަދަލުނުވާކަން ދައްކަމުންނެވެ. އެގޮތުން ކަޕިލްއާ އެކީ ސޮނީގެ ޝޯ އިން ފެނުނު މުހިއްމު ބައިވެރިންތަކެއް ނެޓްފްލިކްސްގެ ޝޯ އިން ވެސް ފެންނާނެ އޭގެ ތެރޭގައި ކުރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، ރަޖީވް ތާކޫރް އަދި އަރްޗަނާ ޕުރާން ސިންގް ހިމެނެ އެވެ.

ނަމަވެސް ޝޯ ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކަޕިލްގެ ޝޯ އަކީ އެންމެ ފުރަތަމަ ކަލާސް ޓީވީން ގެނެސްދިން އެއްޗެކެވެ. ސޮނީ އަށް ޝޯ ބަދަލުވީ 2016 ގަ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ އެވެ.