އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަލީ ނަޝާތު އައްޔަނު ކޮށްފިއެވެ.
ނަޝާތު އީސީގެ މެންބަރު ކަމަށް އައްޔަނު ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަލީ ނަޝާތު ކުރެއްވިއެވެ. ނަޝާތުއަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.
ނަޝާތު އީސީގެ މެންބަރެއްގެ ގޮތުގައި ފުރަތަމަ ދައުރު ހަމަވެފައިވަނީ ޖުލައި 15 ވަނަ ދުވަހުއެވެ. ނަޝާތު ދެވަނަ ދައުރަކަށް އީސީއަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ ބޭއްވި ޖަލްސާގައެވެ.