Last Updated: June 18, 05:42
Wednesday, June 18, 2025
ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ފާސްކޮށްފިއެވެ.

6.5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓް ފާސް ކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ޝަރީފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރު ޙަރަދުވާނެ ކަމަށް ބެލެވޭތީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާ ކަމަށެވެ. މިއަހަރު ދައުލަތަށް ޙަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، 49.3 ބިލިއަން ރުފިޔާއަށް މިއަހަރުގެ ޖުމްލަ ބެޖެޓު އަރާނެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.