Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ކެޓްރީނާގެ "މެރީ ކްރިސްމަސް" ޖެނުއަރީގައި

އަންނަ މަހު ރިލީޒްކުރާ ގޮތަށް އޮއްވައި ބަތަލާ ކެޓްރީނާ ކައިފްގެ ފިލްމު "މެރީ ކްރިސްމަސް" އަންނަ ޖެނުއަރީ އަށް ފަސްކޮށްފި އެވެ.

ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ މި ތުރިލާ މިހާރު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 12 އަށެވެ. "މެރީ ކްރިސްމަސް" އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން އޮތީ ޑިސެމްބަރު 15 ގަ އެވެ. ނަމަވެސް ފަހުން އެ މަހުގެ 8 އަށް އަވަސް ވެސް ކުރި އެވެ.

"މެރީ ކްރިސްމަސް" އަކީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޓިޕްސް އިން ފިލްމުން ގެނެސްދޭ އެއްޗެކެވެ. މީގައި ކެޓްރީނާއާ އެކީ ބަތަލުގެ ރޯލު ކުޅެފައި ވަނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެވެ. އޭނަ އަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި ޝާހްރުކްގެ "ޖަވާން" ގެ ވިލަން އެވެ.

"މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، ޕްރަތިމާ ކަޒްމީ، ޓިނޫ އާނަންދު އަދި ރާދިކާ ސަރަތުކުމާރު ހިމެނެ އެވެ. މި ފިލްމަކީ 2018 ގެ ކާމިޔާބު ފިލްމު "އަންދާދުން" އަށް ފަހު ސްރީރާމް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"މެރީ ކްރިމަސް" އަންނަ އަހަރަށް ފަސްކުރި އިރު، ކެޓްރީނާ އާއި ސަލްމާން ޚާންގެ "ޓައިގާ 3" މިހާރު އަންނަނީ ބޮޑު ތަރުހީބެއް ހޯދަމުންނެވެ. މި ފިލްމު ރިލީޒްކުރީ މި މަހުގެ 12 ގަ އެވެ.