Last Updated: June 8, 07:06
Monday, June 8, 2026
ސިޔާސީ

"އަޅުގަނޑުމެން ރޭޕް ކުރާނެ ކަމަށް ރިޔާޒް ބުނި"

މަޖިލީހުގެ އަންހެން މެންބަރުން ރޭޕް ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މަޖިލީހުގައި ވިދާޅުވުމުން ވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ރިޔާޒް ނުހުއްޓުވި ކަމަށް ރޮޒޭނާ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބެވި ފަސް އަންހެން މެންބަރުނާ ދިމާއަށް އައުގުރާނަ ގޮވާ ދިމާ ކުރި ކަމަށެވެ.

އެކަމުގެ އެންމެ ކުރީގައި ހުންނެވީ ރިޔާޒް ރަޝީދު ކަމަށާއި އެމައްސަލަ އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް ހުށަހަޅުއްވާނެ ކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ މަޖިލީހުގައި މިކުރައްވަނީ ހަނގުރާމައެއް ކަމަށާއި ހަނގުރާމަ ކުރައްވާނެ ކަމަށެވެ.

10155977_683693488356690_1786331075_n

"އަޅުގަނޑުމެން މަޖިލިސް ރައީސް ކައިރިއަށް ގޮސް ކަންފަތް ބުޑުގައި ވެސް ހަޅޭ ލަވާނަން. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް މަސީހްގެ ކަންފަތް ބީރު ވިޔަސް. މިހާރު ވެސް ބީރު،" ރޮޒޭނާ ވިދާޅުވި އެވެ.